މެންބަރު ފަލާހުގެ ''ޗެލެންޖް' އެމްޑީޕީއަށް: ކައުންސިލް އިންތިޚާބު އެމްޑީޕީއަށް އެއްކޮށް ގެއްލުވައިލާނަން

ދަޕްރެސް

18 ޖޫން 2025 | ބުދަ | 12:02

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އިދިކޮޅު އެމްޑީޕީއަށް ކާމިޔާބުނުކުރެވޭނެކަމަށް ވިދާޅުވެ ވެރިކަންކުރާ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެމްޑީޕީއަށް 'ޗެލެންޖް'ކުރައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ މެމްބަރުން މޯލްޑިވްސް ޑިމޮކްރަޓިކް ޕާރޓީ (އެމްޑީޕީ) އާއި އަލުން ގުޅިވަޑައިގެންފައި ވާއިރު ޑިމޮކްޓްރެޓްސްގެ ނެޝަނަލް އެސެމްބްލީގައި ވަނީ ގަރާރެއް ހުށަހަޅާފައެވެ.

އެ ގަރާރުގައި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށާއި ރާއްޖޭގެ މުސްތަގުބަލު ރަނގަޅުކުރުމުގެ އިތުރުން ޖަވާބުދާރީ ކުރުވަނިވި ދައުލަތެއް ދެމިއޮތުމަށާއި ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމާ މެދު ގެއްލެމުންދާ އިތުބާރު އަނބުރާ އިޔާދަކުރުމުގެ މަސައްކަތް ހިންގުމަށް އެންމެ ރަނގަޅުގޮތަކީ ވަރުގަދަ އޮޕޮޒިޝަނެއް އޮތުން ކަމަށް ބުނެފައިވެއެވެ. އަދި ގިނަ ބަޔަކު އެކުގައި މަސައްކަތްކުރުން މުހިންމު ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އެ ގަރާރުގައި ވެއެވެ. އެހެންކަމުން މި މަގުސަދު ހާސިލު ކުރުމަށް، ދަ ޑިމޮކްރެޓްސްގެ މެމްބަރުން އެމްޑީޕީއާ ގުޅުމަށް އިގުރާރުވާ ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.

މައުޟޫޢުތަށް