ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް ޒަމްއަތު އައްޔަންކޮށްފި

ދަޕްރެސް

18 ޖޫން 2025 | ބުދަ | 4:48

ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން"ގެ މެންބަރު ކަމަށް ޒަމްއަތު އަހްމަދު ވަހީދު (ގދ. ތިނަދޫ، މަލަ) އައްޔަންކުރައްވައިފިއެވެ.

ޒަމްއަތު މި މަގާމަށް އައްޔަނުކޮށްފައި ވަނީ ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައި މަޖިލީހުގެ ރުހުން ލިބުމުންނެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރި އިންޓަވިއުއިން އެންމެ މަތިން މާކްސް (89.29) ހޯދާފައި ވަނީ ޒަމްއަތުއެވެ. އަދި ޒަމްއަތު ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރުމަށް މަޖިލީހަށް ހުށަހެޅުމުން ވޯޓުގައި ބައިވެރިވި 56 މެންބަރުން ވެސް ވޯޓު ދެއްވީ ޒަމްއަތަށް ރުހުން ދޭން ފެންނަ ކަމަށެވެ.

މައުޟޫޢުތަށް