ރައުދުގެ ބޭބެ ދާއޫދު، ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުން ވަކިކޮށްފި
ދަޕްރެސް
19 ޖޫން 2025 | ބުރާސްފަތި | 8:47
ރައީސް އޮފީހުގެ ސެކްރެޓެރީ ފޮ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހްމަދު އެ މަގާމުން ވަކިކޮށްފިއެވެ.
ރޭ ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދާއޫދު މަގާމުން ވަކި ކުރީ، މިިދޔަ އޭޕްރީލް މަހުގެ 18 ވަނަ މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ހާއްސަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން ދާއޫދު އެ މަގާމުން ވަކި ކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ހިންގި ތަހުގީގަށް ދޮގު ބަޔާނެއް ދީފައިވާ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވާތީ ކަމަށް ހީނާ ވިދާޅުވިއެވެ.
ދާއޫދު އަކީ ހ. ފެންޓެނޯއީގޭގެ ނުވަވަނަ ފަންގިފިލާއިން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގައި ހައްޔަރުކޮށްފައިވާ ރައުދު އަހްމަދު ޒިލާލްގެ އެއްބަނޑުއެއްބަފާ ބޭބެއެވެ. ދާއޫދު އެމަގާމުން ވަކިކޮށްފައިވާ އިރު މި މައްސަލައާ ގުޅިގެން މިދިޔަ އޭޕްރީމް މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދާއޫދު ހުރީ ސަސްޕެންޑް ކޮށްފައެވެ.