ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމުމުން ރައީސް ސޯލިހް މަރުހަބާ ވިދާޅުވީ ޅެން ބައިތަކުން!

ދަޕްރެސް

19 ޖޫން 2025 | ބުރާސްފަތި | 9:41

ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދަ ޑިމޮކްރަޓްސްގެ މެންބަރުން އަލުން އެމްޑީޕީއާ ގުޅުމަށް ނިންމި ނިންމުމަށް، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލހް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ދެމި ތިބެ، ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި، ރައްޔިތުންގެ މަސްލަހަތު އަބަދު ވެސް އިސްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އެއާއެކު އެމަނިކުފާނު އެ ޕޯސްޓުގައި ވަނީ ޅެން ބައިތެއް ވެސް ހިމަނުއްވާފައެވެ.

އެ ޅެން ބައިތުގައި ވަނީ “ހުރަސްތަކާ ދިމާވެދާ އަދަދު ނުވާނެ ދަތިތަކުން، ފަހަށް ނުޖެހި ދެވޭނެހެން ފަށާށެވީ ގިރާކުރާން. ގައުމިއްޔަ އިލްތިމާސުތަކަށް އަމަލު ކުރާށެ ހެޔޮ ހިތުން، އަބަދު ކުރާށެ ހިތްވަރެއް ހިނގާނެ އާ މަގެއް ކޮށާން.” މިހެންނެވެ.

މައުޟޫޢުތަށް