ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ޖުލައި މަހު ފަށާނެ: މިނިސްޓަރު އިހްސާން

ދަޕްރެސް

19 ޖޫން 2025 | ބުރާސްފަތި | 2:34

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އަންނަ ޖުލައި މަހުގެ 1 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި މިނިސްޓަރު ވިދާޅުވީ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ފަށާފައިވާ ކުރަނގި އޮޕަރޭޝަންގައި މިހާތަނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ އޮޕަރޭޝަންގައި މިހާތަނަށް 151،694 މިހުންގެ ބައޯމެޓްރިކްސް ނަގައި، މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ހުއްދަނެތް ވިޔަފާރިތައް ކުރުމާއި، ގަވައިދާ ހިލާފަށް އުޅުމާ، ކުށުގެ މައްސަލަތަކުގައި ވޭތުވެ ދިޔަ ދޮޅު އަހަރުގެ ތެރޭގައި 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ ދެވަނަ ފިޔަވަހީގައި ރަނގަޅަށް ވަޒީފާ އަދާކުރާ މީހުން، ގަވައިދުގެ ތެރެއަށް ވަނުމަށް އިތުރު ފުރުސަތެއް ފަހިކޮށްދިނުމުގެ މަސައްކަތްކުރިއަށް ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން، ބިދޭސީން ގެނެސް ބަލަހައްޓާ މީހުން ދައުލަތަށް ދައްކަންޖެހޭ ފީތައް ހޯދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ބިދޭސިން ރާއްޖެ ގެނައުމުގެ ނިޒާމު ހަރުދަނާކޮށް، އެކަން ރެގިއުލޭޓްކުރެވޭނެ ނިޒާމުވެސް ހަރުދަނާކުރާނެކަމަށާއި މިކަން ކުރާނީ ބިދޭސީން ގެންނަ ގައުމުތަކާ، ސަރުކާރުގެ ކަމާގުޅޭ އިދާރާތައް ގުޅިގެންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މައުޟޫޢުތަށް