ގޭސް ޝިޕްމަންޓަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 3.7 މިލިއަން ރުފިޔާ ނުހޯދި 8 މަސް!

ދަޕްރެސް

19 ޖޫން 2025 | ބުރާސްފަތި | 6:52

ރާއްޖެއަށް ގޭސް އެތެރެ ކުރާ ސަރުކާރުގެ ކުންފުނި، މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑުން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ އަދިވެސް އަނބުރާ ނުލިބޭކަން މި ނޫހަށް އެނގިއްޖެއެވެ.

އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މޯލްޑިވް ގޭހުން ގޭސް ގަތުމަށް ދުބާއީގެ ކުންފުންޏަކަށް އެޑްވާންސް ފައިސާގެ ގޮތުގައި ދެއްކި 240،000 ޑޮލަރު (3.7 މިލިއަން ރުފިޔާ) އެވެ.

ސޯޝަލް މީޑިއާގައި ވެސް ފެންމަތިވި މި މައްސަލަ ފުލުހުންނާއި އޭސީސީން ވެސް ދަނީ ތަހުގީގު ކުރަމުންނެވެ. މި މުއާމަލާތް ހިންގިތާ 8 މަސް ދުވަސް ފާއުތުވި ނަމަވެސް މިހާތަނަށް އެ ފައިސާ ހޯދިފައިނުވާ ކަން މި ނޫހަށް ވަނީ އެނގިފައެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ކުންފުނީގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

މައުޟޫޢުތަށް