ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ދަޕްރެސް

19 ޖޫން 2025 | ބުރާސްފަތި | 7:22

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، 4،000 ފްލެޓުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ރައީސް މިއަދު ވަޑައިގަތް މަސައްކަތް ކުރިޔަށްދާ ގޮތް ބައްލަވާލެއްވި ކަމަށެވެ. އަދި އެ ކަމާގުޅޭ މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވި ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓު އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލު ކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ. އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ނިމެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް ފްލެޓް ލިސްޓު އާންމު ކުރި ނަމަވެސް ގިނަބަޔަކު ވަނީ އެ ލިސްޓާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

މައުޟޫޢުތަށް