ތޮއްޑޫ މަގުމަތިން ކުޑަކުއްޖެއް ގައިގައި ސައިކަލަކުން ޖެހި ވިއްސައިގެން!
ދަޕްރެސް
19 ޖޫން 2025 | ބުރާސްފަތި | 7:43
އއ. ތޮއްޑޫގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ސޯޝަލް މީޑިއާގައި މި އެކްސިޑެންޓުގެ ވީޑިއޯތައް ދައުރުވަމުންދާއިރު، ވީޑިއޯއިން ފެންނަ ގޮތުގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ސައިކަލެއް ތުއްތު ކުއްޖެއްގެ ގައިގައި ވަރަށް ބާރަށް ޖެހޭ މަންޒަރު ފެނެއެވެ.
އެއާއެކު އެ ކުއްޖާ ވިއްސައިގެން ގޮސް ވެއްޓިފައިވާއިރު، އެ ވަގުތު ކައިރީގައި ތިބި ބަޔަކު ކުއްޖާ ނަގާތަން ވެސް ފެނެއެވެ.