ފައްޔާޒުގެ ކަންބޮޑުވުންތަކަށް ސަރުކާރުގެ ރައްދު: ރަސްފަންނާއި އިންޑަސްޓްރިއަލް ވިލެޖާއި އުސްފަސްގަނޑުގައި އެއްވެވޭނެ
ދަޕްރެސް
19 ޖޫން 2025 | ބުރާސްފަތި | 11:48
ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވެވަޑައިގަންނަވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވުން ފާހަގަކޮށް މަރުހަބާ ދަންނަވަން ބާއްވާ ހަފުލާ ބާއްވާނެ ހުއްދަ ނުދޭ ކަމަށް ބުނެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފާޅުކުރެއްވި ކަންބޮޑުވުންތައް ސަރުކާރުން ރައްދު ދީފިއެވެ.
މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ، ނަޝީދު އެމްޑީޕީއާ ގުޅޭ ހަފްލާއާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށްޓަކައި އެކި އިވެންޓްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.
އެހެންވެ އެ ހަފްލާތައް ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީ ރައީސް ނަޝީދުއަށް މަރުހަބާ ދެންނެވުމަށް އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެހިއްޖެނަމަ، މުލީއާގޭ ކަންމަތީގައި އެ ހަފްލާ ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވެފައި ވެއެވެ.