'ހިޔާވަހި' ސްކީމަށް ޝަރުތުހަމަވާ މީހުންނަށް ލޯނު ދޫކުރަން އަންނަ މަހު ފަށަނީ

ދަޕްރެސް

20 ޖޫން 2025 | ހުކުރު | 4:45

'ހިޔާވެހި' ލޯނު ސްކީމަށް ޝަރުތުހަމަވާ މީހުންނަށް ލޯނު ދޫކުރަން ލަސްވެގެން އަންނަ މަހު ފެށޭ ވަރު ވާނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

ފަސް ޕަސެންޓުގެ އިންޓްރެސްޓުގައި ދޫކުރާ އެ ލޯނަށް ކުރިމަތިލުމަށް ހުޅުވާލި ފުރަތަމަ ފުރުސަތުގައި 2،256 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ރަށްތަކަށް ހާއްސަ "ރަށްވެހި" ސްކީމަށް 1329 ފޯމު، އާބަން ސެންޓަރުތަކަށް ހާއްސަ "ސަހަރު" ސްކީމަށް 586 ފޯމު އަދި ފުރަމާލެއަށް ހާއްސަކޮށްފައިވާ "ފަހިމާލެ" ސްކީމަށް 341 ފޯމެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެ ލޯނު ސްކީމަކީ ސަރުކާރުން ފަސް ޕަސެންޓަށް ސަބްސިޑައިޒްކޮށްގެން ކުރިއަށް ގެންދާ ސްކީމަކަށް ވާތީ، މާލީ އިދާރާތަކާ އެކު ސޮއިކުރުމުގެ މަސައްކަތް ކުރިއަށް އެބަ ދާ ކަމަށެވެ.

މައުޟޫޢުތަށް