2 ދުވަހަކަށް ބަހާލައިގެން މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ފަށައިފި

ދަޕްރެސް

21 ޖޫން 2025 | ހޮނިހިރު | 10:06

2 ދުވަހަކަށް ބަހާލައިގެން މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ފަށައިފިއެވެ.

މިއަދު ހެނދުނު މި ޖަލްސާ ފަށާފައިވާއިރު، މި ޖަލްސާ މި އަހަރު ކުރިއަށް ގެންދަނީ ސޯޝަލް ސެންޓަރުގައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށާއި، މިދިޔަ އަހަރު އޭލެވެލްގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ރަސްމިއްޔާތު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ 4 ސެޝަނަކަށް ބަހާލައިގެން ޖޫން 21 އަދި 22ގެ ނިޔަލަށް ކަމަށެވެ. މި ޖަލްސާގެ ރިހާސަލްތައް ކުރިއަށް ގެންގޮސްފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހުއެވެ.

މައުޟޫޢުތަށް