އޯލެވެލް ޓޮޕް ޓެން އަށް ދާ ގިނަ ދަރިވަރުންނަށް އޭލެވެލް ޓޮޕް ޓެންއަށް ވާސިލެއް ނުވެވޭ: މިނިސްޓަރު

ދަޕްރެސް

21 ޖޫން 2025 | ހޮނިހިރު | 1:21

އޯލެވެލްގެ ޓޮޕް ޓެން އަށް ދާ ގިނަ ދަރިވަރުންނަށް އޭލެވެލްގައި ޓޮޕް ޓެން އާއި ހަމައަށް ވާސިލު ނުވެވޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިފަދައިން ވިދާޅުވެފައިވަނީ 2 ދުވަހަކަށް ބަހާލައިގެން ސޯޝަލް ސެންޓަރުގައި ކުރިއަށް ގެންދާ މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާގައި މިއަދު ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ 2021 އަދި 2022 ގައި އޯ ލެވެލް ނިންމި ކުދިންގެ ތެރެއިން ޓޮޕް ޓެން ގައި 840 އަށް ވުރެ ގިނަ ކުދިން ހިމެނުނު ނަމަވެސް 64 ޕަސެންޓު ކުދިންނަށް އޭ ލެވެލްގެ ޓޮޕް ޓެން އާ ހަމައަށް ނުދެވޭ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި އަހަރު އޭ ލެވެލް ނިންމި ކުދިންގެ އޯ ލެވެލްގެ ނަތީޖާއާ އަޅާކިޔާއިރު ވެސް ފެންނަނީ ހަމަ މިފަދަ ނަތީޖާއެއް ކަމަށެވެ.

މައުޟޫޢުތަށް