އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް ހަލީލް ތުރުކީއަށް، އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރާނެ
ދަޕްރެސް
21 ޖޫން 2025 | ހޮނިހިރު | 5:26
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ތުރުކީއަށް ވަޑައިގެންފިއެވެ.
އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ހަލީލް ވިދާޅުވީ، މި ދަތުރަކީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެއް ކަމަށެވެ.
އަދި ތުރުކީއަށް ދިއުމާއެކު ތުރުކީގެ ވެރި ރަށް އިސްތަންބޫލަށް ވަޑައިގަތުމާއެކު ދިވެހިރާއްޖެއިން ތުރުކީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަބްދުއްރަހީމް އަބްދުއްލަތީފް ހޫނު މަރުހަބާއެއް ދެއްވި ކަމަށް ވެސް ހަލީލް ވިދާޅުވިއެވެ. އެއާއެކު ތުރުކީ ސަރުކާރުން ދިން ހޫނު މެހެމާންދާރީއަށް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.