އިސްލާމީ ގައުމުތަކުގެ އެއްބައިވަންތަކަން އިތުރުކޮށް އެކުގައި މަސައްކަތް ކުރުމަށް ހަލީލް ގޮވާލައިފި
ދަޕްރެސް
21 ޖޫން 2025 | ހޮނިހިރު | 11:11
އިސްލާމީ އެއްބައިވަންތަކަން އިތުރުކޮށް، މުސްލިމް އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެކަތި ގަނޑަކަށްވެގެން މަސައްކަތް ކުރުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ގޮވާލައްވައިފިއެވެ.
ހަލީލް މިފަދައިން ގޮވާލައްވާފައި ވަނީ އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިކަން ފާހަގަކުރައްވައި، އެކަމަށް އިސްކަންދިނުމަށް މިނިސްޓަރު ވަނީ ބާރު އަޅުއްވާފައެވެ.
އަދި އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތައް ހައްދެއްނެތް ކަމަށް ސިފަކުރައްވާ ހަލީލް ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ އުދުވާނުން ފެށިގެން، އީރާނަށް ދެމުންދާ އިހުމާލުކަމުގެ ހަމަލާތަކާ ހަމައަށް ފުޅާވެފައިވާ ކަމަށާއި، މިކަންކަމުގެ ސަބަބުން މުޅި ސަރަހައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް ނުރައްކާވާ ކަމަށެވެ.