ޕައިލެޓްކަން ކިޔަވަން ސަރުކާރުން އިތުރަށް ސްކޮލާޝިޕެއް މިވަގުތު ނުދޭނެ: މިނިސްޓަރު އަމީން
ދަޕްރެސް
22 ޖޫން 2025 | އާދިއްތަ | 3:39
ޕައިލެޓްކަން ކިޔަވަން ސަރުކާރުން އިތުރަށް ސްކޮލާޝިޕް ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި، ޕައިލެޓް ކޯސް ހަދާފައިވާ ވަރަށް ގިނަ ޕައިލެޓުން ވަޒީފާއެއް ނެތި ތިބިއިރު މިނިސްޓަރު ވަނީ ޕީއެސްއެމްގެ އަހާށޭ ބުނާނަން' ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މި މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ޕައިލެޓުންނަށް ވަޒީފާ ނެތް މައްސަލަ ހައްލުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަމުން އަންނަކަމަށެވެ. ޕައިލެޓުންނަށްް ވަޒީފާ ނުލިބުމުގެ މައްސަލައަކީ "ޖީލަކަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް"ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލު ކުރުމަށްޓަކާ ކުރެވޭނެ ކަންތައްތައް ބަލައި މިހާރު އޮތް މިންގަނޑަށް ވުރެ އިތުރަށް ކެޑޭޓު ޕައިލެޓުންނަށް ވަޒީފާ ދޭން އެއާލައިންތަކަށް 'މަޖުބޫރުކޮށްފައިވާ' ކަމަށެވެ.