މި ދައުރު ނިމުމުގެ ކުރިން އޭ ލެވެލް އަކީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައަޅާނަން: ޝަފީއު

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 9:20

މި ދައުރު ނިމުމުގެ ކުރިން އޭ ލެވެލް އަކީ ސްކޫލު ނިންމާ މަރުހަލާގެ ގޮތުގައި ކަނޑައަޅާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވެފައި ވަނީ 2022 އާއި 2023ގެ އޯ ލެވެލް އާއި އޭ ލެވަލްގެ ގަދަ 10ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ޝޯޝަލް ސެންޓަރުގައި ތިން ދަންފަޅިއަކަށް ބަހާލައިގެން ބާއްވަމުން ގެންދާ 'އަރުތަވެރިންގެ އިނާމް 2024'ގެ ރޭގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

އޭލެވެލްއަށް ކިޔަވާ ކުދިންގެ އަދަދު އިތުރުކުރަން ޖެހޭކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރު އަތޮޅުތަކުގެ ސަރުކާރު 23 ސްކޫލެއްގައި ފެށި އެއްދަންފަޅިއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮޖެކްޓަކީ ކާމިޔާބު ޕްރޮޖެކްޓެއް ކަމަށެވެ.

މައުޟޫޢުތަށް