އިރާން-އިޒްރޭލު ހަނގުރާމަ: ރާއްޖެއަށް ކުރާނެ އަސަރާ ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތައް މަޖިލީހުގައި ހާމަކުރަން ގަރާރެއް ހުށަހަޅައިފި
ދަޕްރެސް
23 ޖޫން 2025 | ހޯމަ | 9:40
އީރާނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކޮށްފާނެ އަސަރަކާ ގުޅިގެން އެފަދަ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ދުރާލައި އަޅަންޖެހޭ ފިޔަވަޅުތަކާ ދޭތެރޭ ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް ހާމަކުރުމަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
މި ގަރާރާއި ގުޅޭ ގޮތުން މީކާއިލް ވިދާޅުވީ މިއީ އިޒްރޭލް-އިރާން ހަނގުރާމައިގެ ސަބަބުން ކުރިޔަށް އޮތް ދުވަސްތަކުގައި ދިވެހިރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިޔާލާ އަޅާންޖެހޭ ފިޔަވަޅުތަށް އަޅަމުންގެންދޭތޯ ކަށަވަރުކުރުމަށް ރައްޔިތުންގެ މަޖިލީހަަށް ހުށަހެޅި ގަރާރެއްކަމަށެވެ.