ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީ ގޮތުން ކުޑަކުދިންގެ ހިޔާ އިމާރާތަށް

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 10:58

ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީ ގޮތުން ކުރީގެ ކުޑަކުދިންގެ ހިޔާ އިމާރާތަށް ބަދަލު ކުރަން ނިންމައިފިއެވެ.

ވިލިމާލޭގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް މި ސަރުކާރުން އިމާރާތްކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މިދިޔަ މާޗް މަހުގައެވެ. ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ވިލިމާލޭގައި ހެދުމަށް ހަމަޖެހިފައިވާ 112 އެނދުގެ ޖެނެރަލް ހޮސްޕިޓަލް ގާއިމުކުރުމަށްޓަކައި ހިންގުމަށް ހަމަޖެހިފައިވަނީ މިހާރު ވިލިމާލެ ހޮސްޕިޓަލް ހުރި އިމާރާތުގައެވެ.

މި މަޝްރޫއުގެ "ލެޓާ އޮފް އެކްސްޗޭންޖު"ގައި ސޮއިކޮށްފައި ވަނީ މި މަހުގެ ކުރީކޮޅުއެވެ.

މައުޟޫޢުތަށް