މިނިމަމް ވޭޖް މުރާޖައާކޮށް ޑިސެމްބަރު ކުރިން ނިންމާލެވޭނެ: ހައިދަރު
ދަޕްރެސް
23 ޖޫން 2025 | ހޯމަ | 11:13
މިނިމަމް ވޭޖް ރިވިއުކުރުމުގެ މަސައްކަތް އަންނަ ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ހަޔާ އެޑިއުކޭޝަން އަދި ލޭބާ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.
އެންމެ ކުޑަ އުޖޫރައާ ގުޅޭގޮތުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިނިމަމް ވޭޖު މުރާޖައާ ނުކުރެވި ލަސްވީ އެކަމަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުން އަލުން ހަމަޖައްސަން ޖެހުމާއި މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް އޭރުގެ ސަރުކާރުން ކޮށްފައި ނެތުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މިނިމަމް ވޭޖް މުރާޖައާކުރުމުގެ މަސައްކަތް ބައިނަލްއަގުވާމީ ލޭބާ އޯގަނައިޒޭޝަނާ ގުޅިގެން ކުރެވެމުންދާ ކަމަށާއި އެގޮތުން އެ މަސައްކަތްކުރަން ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ކަންކަން ކުރަމުން ދާ ކަމަށެވެ.