ވިނަރެސް ފްލެޓުގައި ރޯވުން: ހަތަރު މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފި

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 12:55

ވިނަރެސް އެޕާޓްމެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެތަނުގައި ދިރިއުޅޭ ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވެހިކަން ފޯރުކޮށްދީފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް 9 ގެ 13 ވަނަ ފަންގިފިލާގެ 6 ވަނަ އެޕާޓްމަންޓުގައި މިއަދު ހެނދުނު 7:41 ހާއިރެވެ.

އެމްއެންޑީއެފް އިން ބުނީ، އެ އެޕާޓްމެންޓްގައި ރޯވެފައިވާ އަލިފާން ނިއްވާލާފައިވާއިރު، "އަލިފާން ރޯވެފައިވަނީ ގޮދަޑިއެއްގައި،". ކަމަށެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ. ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް