ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދުމުގެ މަސައްކަތް ދަނީ ކުރަމުން: މިނިސްޓަރު ނާޒިމް

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 12:54

ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް އުފައްދަން ސަރުކާރުން ނިންމާފައިވާކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ބޭސް ލިބުމުގައި ހުރި ދަތިތަކަށް ހައްލު ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މީގެ ކުރިން މިނިސްޓަރު ވަނީ ބޭސްތައް ލިބުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސަޕްލައި ޝޯޓޭޖުގެ މައްސަލަ ކަމަށް ވިދާޅުވެފައެވެ.

ބޭހާ ގުޅުން ހުރި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ކެބިނެޓުން ނިންމާފައިވާކަން ހާމަކޮށް މިނިސްޓަރު ނާޒިމް ވިދާޅުވީ ސްތަކެއް ނުވެ، އެ ކުންފުނި ވުޖޫދަށް ގެންނާނެކަމަށެވެ. އިތުރަށް ނާޒިމް ވިދާޅުވީ ބޭސް އެތެރެކުރުމާއި ތަންތަނަށް ބޭސް ފޮނުވުމަށް ވަކި ކުންފުންޏެއް އުފެއްދުމުން، ބޭހާ ގުޅޭގޮތުން އެސްޓީއޯ އިން ކުރާ ހުރިހާ މަސައްކަތެއް ދެން ބަދަލުވާނީ އެ ކުންފުންޏަށް ކަމަށެވެ.

މައުޟޫޢުތަށް