އުރީދޫ ނޭޝަންގެ އެޓޯލް އީސްޕޯޓްސް ލީގްގައި ބައިވެރިވުމުގެ ފުރުސަތު ޖުލައި 4 އާ ހަމައަށް!

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 4:23

މުޅިން އަލަށް ރާއްޖޭގައި ބާއްވާ އުރީދޫ ނޭޝަން އެޓޯލް އީސްޕޯޓްސް ލީގަށް ރަޖިސްޓްރީވުމުގެ ފަހު ތާރީހަކީ އަންނަ މަހުގެ 4 ވަނަ ދުވަސް ކަމަށް އުރީދޫން ބުނެފިއެވެ. .

މިއީ ރާއްޖޭގެ އެކިކަންކޮޅުތަކުން ރަށްރަށުގެ ޓީމްތައް ރަޖިސްޓަރީ ވެގެން ކުރިއަށް ގެންދާ ޕަބްޖީ މުބާރާތެކެވެ. އޮންލައިން ކޮށް ކުރިއަށް ގެންދާ މި މުބާރާތަކީ އަމިއްލަ ރަށުގައި ހުރެގެން އީސްޕޯޓްސް މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދެވޭ ފުރަތަމަ މުބާރާތް ވެސް މެއެވެ.

އުރީދޫ ނޭޝަން އެޓޯލް ސްޕޯޓްސް ލީގަކީ ހަތަރު މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުޅިން އޮންލައިން މުބާރާތެއް ކަމަށް އުރީދޫން ބުނެއެވެ. މި ހަތަރު ސްޓޭޖަކީ އައިލެންޑް ކޮލިފައިން، ކުއާޓާ ފައިނަލްސް، ސެމީ ފައިނަލްސް އަދި ގްރޭންޑް ފައިނަލްސްއެވެ. މި ލީގްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާން މި މަހުގެ 16 ވަނަ ދުވަހު ހުޅުވާލާފައިވާ އިރު، ރަޖިސްޓްރީ ވެވޭނެ ފަހު ތާޜީހަކީ އަންނަ މަހުގެ 4 ވަނަ ދުވަސް ކަމަށް އުރީދޫން ބުނެއެވެ.

މައުޟޫޢުތަށް