ފުލުހުންގެ ކިބައިން ރައްޔިތަކު އެހީތެރިކަމަށް އެދުމުން އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު އެހީތެރިވެދޭން ޖެހޭ: ސީޕީ

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 6:47

ރައްޔިތަކު ފުލުހުންގެ ކިބައިން އެހީތެރިކަމަށް އެދޭ ހިނދު ފުލުހުންގެ ފަރާތުން ދިއްކޮށްލެވޭ އަތަކީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކު ދިއްކޮށްލެވޭ އަތަކަށް ވާންޖެހޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ސީޕީ ނަވީން މިހެން ވިދާޅުވީ އިންސްޕެކްޓާ ކޯސް 4 ފުރިހަމަކުރި ބައިވެރިން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ނަވީން ވިދާޅުވީ ފުލުހުންގެ ފަރާތުން އެހީތެރިކަމަށް ރައްޔިތަކު އެދެނީ އެ ރައްޔިތަކަށް އެންމެ ކަންބޮޑުވާ ހިސާބަށް ކަންތައްތައް ގޮސް، އަލިމަގެއް ނުފެނުމުން ކަމަށެވެ. އެހެންކަމުން ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު އެ މަސައްކަތް ކޮށްދިނުމަށް ނަވީން އެދިވަޑައިގެންނެވިއެވެ.

މައުޟޫޢުތަށް