މި ސަރުކާރު ޖަވާބުދާރީ ކުރުވާނަން، ލޯކަލް ކައުންސިލުގައި ބޮޑު ތަނުން ބަލި ކުރާނަން: ޝާހިދު

ދަޕްރެސް

23 ޖޫން 2025 | ހޯމަ | 9:33

އެމްޑީޕީން މި ނިކުންނަނީ މިހާރު ވެރިކަން ކުރަމުން އަންނަ "ސްކޭމް" ސަރުކާރު ޖަވާބު ދާރީ ކުރުވަން ކަމަށާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މި ސަރުކާރު ބޮޑު ތަނުން ބަލި ކުރާނަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ، އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ސަލްޓަން ޕާކުގައި މިހާރު ކުރިއަށްދާ ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ޝާހީދު ވިދާޅުވީ، މާޒީއަށް ނުބަލައި މުސްތަގްބަލަށް ބަލައިގެން ކުރިއަށް ދިއުމަށް އެމްޑީޕީ މި ނިކުންނަނީ މި ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށެވެ.

މި ސަރުކާރަކީ ސްކޭމް ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޝަހީދު ވިދާޅުވީ، މި ސަރުކާރުން ހިންގަމުން އަންނަ ސްކޭމްތަކަކީ ބަންކަރިންގެ ސްކޭމް، ޑޮލަރުގެ ސްކޭމް، ޗާގޯސްގެ ސްކޭމް، އިންޑިއާ އައުޓޭ ކިޔާފައި ނިކުތް ސްކޭމް، ބޯހިޔާވަހިކަމުގެ ސްކޭމް، ޒުވާނުންނަށް އޮޅުވާލުމުގެ ސްކޭމް އަދި ޑޮކްޓަރީ ބޭހުގެ ސްކޭމްތައް ކަމަށެވެ. މި ސަރުކާރު އައި ފަހަުން ތަރައްގީގެ ހުރިހާ ކަމެއް ވި ވަނީ ހުއްޓިފައި ކަމަށް ޝަހީދު ވިދާޅުވިއެވެ.

މައުޟޫޢުތަށް