ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއް: ރައީސް
ދަޕްރެސް
24 ޖޫން 2025 | އަންގާރަ | 4:14
ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރާއި އިސްނެގުމަކީ ބޭނުންތެރިކަމެއްކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ "އިންޓަނޭޝަނަލް ޑޭ އޮފް ވުމެން އިން ޑިޕްލޮމަސީ" ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމުގައި އަންހެނުންގެ ދައުރަށް ދައުލަތުން އިސްކަންދޭ ކަމަށެވެ.
މިދުވަސް ދިވެހިރާއްޖޭގައި ފާހަގަކުރުމަކީ އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމެއްކަމެއް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި، އެކުވެރި ދައުލަތްތަކުން މިފަދަ ދުވަހެއް ފާހަގަކުރުމުގެ މަސައްކަތްފެށި އިރު، ދިވެހިރާއްޖެއަކީ މިކަަމަށް އެންމެ ބޮޑަށް ވަކާލާތުކުރި ގައުމުކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވިއެވެ. އަދި، ހާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރުމުގައި އަންހެނުންގެ ދައުރު އިތުރަށް ފާހަގަވާންޖެހޭ ކަމަށާއި، ޑިޕްލޮމަސީގައި މިންހަަމަވުމަށް ރާއްޖެއިން ވަކާލާތުކުރައްވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.