ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ހިޔާވެހި ފައިނޭންސިންގް ލޯނު ދޫކުރުމަށް ބީއެމްއެލްއާއެކު ސޮއިކޮށްފި
ދަޕްރެސް
24 ޖޫން 2025 | އަންގާރަ | 8:21
ކުޑަ އިންޓަރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ "ހިޔާވެހި" ފައިނޭންސިންގްގެ ލޯނު ދޫކުރަން ފަށަން ހައުސިން މިނިސްޓްރީން ބޭންކް އޮފް މޯލްޑިވްސް(ބީއެމްްއެލް)އާއެކު މިއަދު ސޮއިކޮށްފި އެވެ.
އެއްބަސްވުމުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. އަބްދުالله މުއްތަލިބުއެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފްއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ވިދާޅުވީ މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްކަމުގައިވާ ބޯހިޔާވެހިކަން 5 ޕަސެންޓު ޕްރޮފިޓް ރޭޓުގައި ބޭންކުތަށް މެދުވެރިކޮށް މާލީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.