ފާއިތުވި 20 އަހަރު ތެރޭ ހަނގުރާމަތަކުގައި މިލިއަނެއްހާ މީހުން މަރާ 5.8 ޓްރިލިއަން ޑޮލަރު އެމެރިކާއިން ހަރަދުކޮށްފި
ދަޕްރެސް
25 ޖޫން 2025 | ބުދަ | 12:52
އަފްޣާނިސްތާނު ހަނގުރާމައިގެ އިތުރުން އީރާނަށް ހަމަލާދިނުމާއެކު މެދުއިރުމަތީގައި އެމެރިކާއިން ހިންގާފައިވާ ހަނގުރާމަތަކަށް އާ ބޮޅެއް މިވަނީ އިތުރު ވެގެން ގޮސްފައެވެ.
ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އަސްކަރީ ބޮޑު އިނގިލާބެއް ގެނައި އެމެރިކާގެ އަސްކަރިއްޔާގެ ބާރަކީ މިއަދު ދުނިޔޭގެ އެހެން ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ވެސް ގަދަ ބާރެކެވެ. އެ ދުވަސްވަރު ޖަރުމަނުގެ ސައިންޓިސްޓުން އެގައުމުން ބޭރު ކޮށްލުމުން އެމެރިކާއިން އެމީހުނަށް ހިޔާވަހިކަން ދީ ޖަރުމަނުގެ އަސްކަރީ ޓެކްނޮލޮޖީ އެމެރިކާގައި ފައްކާކުރިއެވެ.
ދާދި ފަހުން އީރާނަށް ބޮން އަޅަން އެމެރިކާއިން ބޭނުން ކުރި ސްޓެލްތް ބޯޓުތަކަކީ ޖަރުމަނުގެ އޭރުގެ ސައިންޓިސްޓުންގެ ޓެކްނޮލޮޖީ އިން މުއްސަނދި ކޮށްފައި ވާ ބޯޓުތަކެކެވެ.