ކޮންމެ ހުކުރު ދުވަހެއްގެ ހެނދުނު މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރަނީ

ދަޕްރެސް

25 ޖޫން 2025 | ބުދަ | 4:39

ކޮންމެ ހުކުރު ދުވަހެއްގެ ވެސް ހެނދުނުގެ ވަކި ވަގުތެއްގައި މާލެ އާއި ވިލިމާލޭގެ ބައެއް މަގުތަކުގައި ވެހިކަލް ނުދުއްވޭ ގޮތް ހެދުމަށް މާލޭ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ200 ވަނަ ޖަލްސާގައި މިފަދައިން ނިންމުމަށް ހުށަހަޅާފައި ވަނީ މޭޔަރު އާދަމް އާޒިމް އެވެ. އާޒިމް އެދުނީ، މާލޭގެ ބޮޑެތި މަގުތައް ފިޔަވައި އެހެން ހުރިހާ މަގުތަކެއްގައި ހުކުރު ދުވަސްތަކުގެ ފަތިހު 5:30 އިން ހެނދުނު 9:00 އަށް ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖެއްސުމަށެވެ.

އޭގެ ސަބަބެއްގެ ގޮތުން މޭޔަރު ފާހަގަ ކުރެއްވީ ކުޑަކުދިން ގެއިން ބޭރަށް ނުކުމެ، މަގުމަތީގައި ކުޅެ އުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައެވެ.

މައުޟޫޢުތަށް