ޔަހޫދީ އަކު އީރާނުގެ 2 އަހަރުގެ ކުއްޖަކު ނަގާ ޖަހައިފި, ކުއްޖާގެ ބޯފެޅި މައިބަދަ ބިނދި ކޯމާއެއްގައި!
ދަޕްރެސް
25 ޖޫން 2025 | ބުދަ | 9:50
އީރާނާއި އިޒްރޭލުގެ ހަނގުރާމަ އާ ހުރެ ރަޝިއާގެ މޮސްކޯއަށް ދަތުރު ކުރި އީރާނުގެ އާއިލާއެއް އެއާޕޯޓުގައި ހަރަކާތްތެރިވާ މަންޒަރު ސީސީޓީވީން ފެނެއެވެ.
2 އަހަރުގެ ތުއްތު ކުއްޖާ ހުންނަނީ އޭނާ އާ ދާދި އެއް އިސްކޮޅެއްގެ ލަގޭޖެއް )ފޮއްޓެއް( ގެ ކައިރީގައި އޭގެ އަތްގަނޑުގައި ހިފައިގެންނެވެ. އޭރު އޭނާގެ މައިންބަފައިން ތިބީ ކައުންޓަރު ކައިރިއަށް ގޮހެވެ. އެ ތުއްތު ކުއްޖާ ހުރިތަނާއި ކައުންޓަރާ ދެމެދު 10 ވަރަކަށް ފޫޓު ހުންނާނެއެވެ.
ސީސީޓީވީ ފްޓޭޖުން ފެންނަ ގޮތުން, އެ ކުއްޖާގެ މައިންބަފައިން ކައުންޓަރު ކައިރީގައި ހުންނަ ވަގުތު, ފަރާތްފަރާތަށް ނަޒަރު ހިންގަމުން އެ ކުއްޖާގެ ގާތަށް ބޮޑޫ ފިރިހެނަކު ލެފިލައެވެ.