ބޮލަކަށް 5000 ރުފިޔާގެ މަގުން 2852 މީހަކަށް މުދަލު ޒަކާތް ބަހައިފި

ދަޕްރެސް

26 ޖޫން 2025 | ބުރާސްފަތި | 11:29

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބަހައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފައިސާ ބަހާފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 2852 މީހުންގެ ބޮލަކަށް 5000 (ފަސްހާސް) ރުފިޔާގެ ރޭޓުން ޒަކާތް ބަހާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދިނެވެ.

2021 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށްއޮތް ފަގީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ.

މައުޟޫޢުތަށް