މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ފަށާނެ: ރައީސް

ދަޕްރެސް

26 ޖޫން 2025 | ބުރާސްފަތި | 2:42

ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ ގޮތަށް މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ފަށާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި ފެރީ ހިދުމަތް ފެށުމަށް އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅާ އެއްގޮތަށް މިއަދު ރ. އަތޮޅު ފެރީގެ ހިދުމަތް ފަށާފައިވާކަން އިއުލާނުކުރައްވާ ކުރެއްވި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގަައި ފެރީ ގެ ހިދުމަތް ފަށާނެ ކަމަށް ވެވަޑައިގެން ވައުދާ އެއްގޮތަށް އެ އަތޮޅުގެ ހިދުމަތް ވެސް ފެށިގެންދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ހިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.

މައުޟޫޢުތަށް