ދިމާވި ކަރަންޓުގެ މައްސަލައަކާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތްތައް، ހިޔާ ކްލިނިކަށް

ދަޕްރެސް

27 ޖޫން 2025 | ހުކުރު | 9:50

ހުޅުމާލެ ހޮސްޕިޓަލުގެ ކަރަންޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތްތައް އޯޕީޑީ ހިޔާއަށް ބަދަލުކޮށްފިއެވެ.

ރޭ ފަތިހު އެ ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ، ހޮސްޕިޓަލުގެ މެއިން އިލެކްޓްރިކް ޕެނަލަށް ޓެކްނިކަލް މައްސަލަ ދިމާވެ އެ މައްސަލަ ހައްލުކުރެވެންދެން، ހޮސްޕިޓަލުގެ ޖެނެރަލް އޯޕީޑީގެ ހިދުމަތް ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ.

ކަރަންޓުގެ މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް އެ ހޮސްޕިޓަލުގެ ޓީމުން ކަމާ ބެހޭ އިދާރާތަކާ އެކު ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އެ ހޮސްޕިޓަލުން ބުނީ، މައްސަލަ ހައްލު ވީހާ އަވަހަކަށް ހޮސްޕިޓަލުގެ ހިދުމަތްތައް އަލުން ހުޅުމާލެ ހޮސްޕިޓަލުން ލިބޭނެ ކަމަށެވެ.

މައުޟޫޢުތަށް