މައްސަލަ ހައްލުކޮށް، ހުޅުމާލެ ހޮސްޕިޓަލްގެ އޯޕީޑީ ހިދުމަތް އަލުން ދޭން ފަށައިފި
ދަޕްރެސް
27 ޖޫން 2025 | ހުކުރު | 12:47
ހުޅުމާލެ ހޮސްޕިޓަލްގެ ކަރަންޓު ޕެނަލަށް ދިމާވި މައްސަލަ ހައްލުކޮށް، އޯޕީޑީގެ ހިދުމަތް އަލުން ދޭން ފަށާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.
ރެއިން ފެށިގެން ހުޅުމާލެ ހޮސްޕިޓަލުން އެކި ފަހަރު މަތިން ކަރަންޓު ކެނޑުމާއި ގުޅިގެން އެ ހޮސްޕިޓަލްގެ އޯޕީޑީ ބަންދުކޮށް، އެ ހިދުމަތް ވަގުތީ ގޮތުން ހިޔާ ޓަވަރު 16 ގައި ހުންނަ ޖެނެރަލް ޕްރެކްޓިސް ކްލިނިކަށް ވަނީ ބަދަލުކޮށްފައެވެ.
އެއާއެކު ހޮސްޕިޓަލުގެ ވާޑުގަ އާއި އައިސީޔޫގައި އެޑްމިޓްކޮށްފައި ތިބި އެކި ބަލި މީހުން އައިޖީއެމްއެޗް އާއި ޓްރީޓޮޕް ހޮސްޕިޓަލަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާއިރު މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހޮސްޕިޓަލްގެ ފަރާތުން ވަނީ ރޭ ފަތިހު ބުނެފައި ވެއެވެ.