ފައިނު އެކްސިޑެންޓު: 49 އަހަރުގެ މީހާ އަދި 14 އަހަރުގެ ކުއްޖާއަށް ފަރުވާދެނީ އައިޖީއެމްއެޗް އައިސީޔޫގައި

ދަޕްރެސް

27 ޖޫން 2025 | ހުކުރު | 5:04

ރ. ފައިނުގައި ރޭ ހިނގައި ދިޔަ އެކްސިޑެންޓުގައި އަނިޔާވި 3 މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.

އައިޖީއެމްއެޗް މީޑިއާ އޮފިޝަލް "ދަ ޕްރެސް"އަށް ވިދާޅުވީ އިތުރު ފަރުވާއަށް މާލެ ގެނެސްފައި ވަނީ 49 ފިރިހެނަކާއި 16 އަހަރުގެ އަދި 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

49 އަހަރުގެ މީހައަށް އަދި 14 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ކަމަށް މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އަދި 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމްގައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް