ލ. ގަމުގައި "ވޭސްޓް ޓު އާޓް" ހަރަކާތެއް، 980 ކިލޯއަށްވުރެ ގިނަ ކުނި ނަގައިފި

ދަޕްރެސް

27 ޖޫން 2025 | ހުކުރު | 5:50

އެންވަޔަރަމެންޓް މިނިސްޓްރީން އިންތިޒާމް ކޮށްގެން މިއަދު ހެނދުނު ލ. ގަމުގެ ބޮޑަމަގަ ބީޗުގައި"ވޭސްޓް ޓު އާޓް"ގެ ހަރަކާތެެއް ބާއްްވައިފިއެވެ.

މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ފާއިޒެވެ. އަދި މި ހަރަކާތުގައި 220 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައިވެއެވެ

‎އެންވަޔަރަމެންޓް މިނިސްޓްރީއިން ބުނީ މި ހަރަކާތުގެ ބައިވެރިން އެ ސަރަހައްދުން 987.2 ކިލޯގެ ޕްލާސްޓިކާއި އެހެނިހެން ކުނި އެއްކޮށްފައިވާ ކަމަށެވެ. އަދި މި ހަރަކާތުގެ މަގުސަދަކީ ތިމާވެށި ސާފުކުރުމުގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކުނި ބޭނުންކޮށްގެން އުފެއްދުންތެރި އާޓްވޯކްތަކެއް އުފައްދާނެ ގޮތުގެ މައުލޫމާތު ދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

މައުޟޫޢުތަށް