3000އަށް ވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025 ނިންމާލައިފި
ދަޕްރެސް
27 ޖޫން 2025 | ހުކުރު | 9:31
3000އަށް ވުރެ ގިނަ ބައިވެރިންނާއެކު އުރީދޫ ފަން ރަން އައްޑޫ ސިޓީ 2025 މިއަދު ނިންމާލައިފިއެވެ.
މިއީ ރާއްޖޭގެ އެންމެ އުފާވެރި 5ކޭގެ ގޮތުގައި ބާއްވާ މި ހަރަކާތަކީ އާއިލާތަކާއި ރަހުމަތްތެރިންނަށް އުފާވެރިކަމާއި ހިނިތުންވުމާއި ހަނދާން ނައްތާނުލެވޭ ފަދަ ހަރަކާތްތަކަކުން ފުރިގެންވާ ދުވުމެއް ކަމަށް އުރީދޫއިން ބުނެއެވެ.
އުރީދޫއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ދުވުން ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު އައްޑޫ ސިޓީ މަރަދޫއިން ފެށިގެންނެވެ. އަދި މި ދުވުން އިތުރަށް ފަޅުފިލުވުމަށްޓަކައި ދުވުން ފެށުނީއްސުރެ ނިމެންދެން ކޮންމެ ކިލޯމީޓަރެއްގައި ތަފާތު ފޯމް، ކުލަ އަދި އޮބްސްޓެކަލް ސްޓޭޝަންތަކެއް ބަހައްޓާފައިވެއެވެ.