މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި، ބްރިޖާއި ހައިވޭގައި ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސް ކޮށްފި
ދަޕްރެސް
28 ޖޫން 2025 | ހޮނިހިރު | 2:28
ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ، ވިއްސާރަކުރާނެކަމަށް ލަފާކޮށް ރައްކާތެރިވުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފިއެވެ.
މުޅި ރާއްޖެއަށް މިއަދު 13:30 އިން ފެށިގެން 17:00 އަށް ވައިޓް އެލާޓް ނެރެފައިވާއިރު ރާއްޖޭގެ ރަށްތަކަށް އުދައަރާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.