ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް އަނެއްކާވެސް އިނާޒް އައްޔަންކޮށްފި
ދަޕްރެސް
29 ޖޫން 2025 | އާދިއްތަ | 6:52
ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުގެ މަގާމަށް މީގެ ކުރިން ވެސް އެ މަގާމު ފުރުައްވަމުންދިޔަ ޑރ. އަހުމަދު އިނާޒް އައްޔަން ކޮށްފިއެވެ.
އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ ދައުރު ހަމަ ވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އަނެއްކާވެސް އިނާޒް އައްޔަން ކުރައްވާފައިވާކަން ވަނީ އިއުލާންކޮށްފައެވެ.
އިނާޒް ވަނީ މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައެވެ.