އައްޑޫ ސިޓީ ހަންކެޑެއަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ރައީސް ނިންމަވައިފި
ދަޕްރެސް
29 ޖޫން 2025 | އާދިއްތަ | 7:50
އައްޑޫ ސިޓީ ހަންކެޑެއަކީ ހަލާލް ޓޫރިޒަމް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.
ފަތުރުވެރިކަން ތަރައްގީވެފައިނުވާ އަތޮޅުތަކުގައި ފަތުރުވެރިކަން ފުޅާކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން 6 ސަރަހައްދެއްގައި ހަލާލު ޓޫރިޒަމް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާކަން ރައީސް ހާމަކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
އައްޑޫ ސިޓީގެ ހަންކެޑެ (0219) "ހަލާލް ޓޫރިޒަމް" ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމަވާފައިވާކަން ފާހަގަކޮށް ޓޫރިޒަމް މިނިސްޓްރީއިން ބުނީ ރައީސްގެ މި ނިންމެވުމާ ގުޅިގެން މި މަޝްރޫއު ތަންފީޒުކުރުމުގެ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރައާތުތަކުގެ މަސައްކަތް މިހާރު ޓޫރިޒަމް މިނިސްޓްރީއިން ކުރަމުންދާ ކަމަށެވެ.