އަންނަ މަހުން ފެށިގެން ފްލެޓު ދޫކުރަމުން ދާނެ، ދޮގު މައުލޫމާތު ނުފެތުރުން އެދެން: މުއްތަލިބު
ދަޕްރެސް
30 ޖޫން 2025 | ހޯމަ | 10:58
ނިމިދިޔަ ސަރުކާރުން ފެށި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން 1،000 ފްލެޓުގެ މަސައްކަތް ނިމި އަންނަ މަހުން ފެށިގެން ފްލެޓުތައް ދޫކުރަމުން ދާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވާ ގޮތުން، ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތްތައް ސަރުކާރުން މިއަދާ ހަމައަށް ވެސް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށާއި ފްލެޓުތައް ލިބުން ލަސްވާތީ ފްލެޓު ލިބޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދާ ކަމަށެވެ.
ފްލެޓުތައް ލިބުން ލަސްވުމަކީ އޭނާ ވިދާޅުވިގޮތުގައި، އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ދަށްވެ، އިޖުތިމާއީ މައްސަލަތައް އިތުރުވުމުގެ ނުރައްކާ ބޮޑު ކަމެކެވެ.