ރާއްޖެ އާއި ސިންގަޕޫރާ ދެމެދު މިއަދު 3 އެއްއޯޔޫއެއްގައި ސޮއިކޮށްފި
ދަޕްރެސް
30 ޖޫން 2025 | ހޯމަ | 2:42
ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ގުޅުން ބަދަހިކުރުމަކަށް 3 އެމްއޯޔޫތަކެއްގައި މިއަދު ސޮއި ކޮށްފިއެވެ.
މި އެމްއޯޔޫތަކުގައި ސޮއިކޮށްފައި މި ވަނީ، ސިންގަޕޫރުގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި ދައުލަތުގެ ބައެއް އިސްވެރިން ސިންގަޕޫރަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެގޮތުން މިއަދު އެ ގައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޮރެންސް ވޮންގްއާ ރައީސް މުއިއްޒު ބައްދަލު ކުރެއްވުމަށް ފަހު ބޭއްވި ރަސްމިއްޔާތެއްގައި ދެ ގައުމުން މިއަދު ސޮއި ކުރީ ކެޕޭސިޓީ އިތުރުކުރުމުގެ ދާއިރާއިންނާއި ތިމާވެށީގެ ދާއިރާއިންނާއި މަތީ ތައުލީމާއި ތައުލީމީ ސިޔާސަތާއި ފަންނީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެމްއޯޔޫތަކެއްގައެވެ.