ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި 3 މެންބަރުން އައްޔަންކޮށްފި
ދަޕްރެސް
30 ޖޫން 2025 | ހޯމަ | 4:04
ގްރޭޓާ މާލޭ ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެންބަރުން އައްޔަން ކޮށްފިއެވެ.
ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރަވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި މޮނިޓާކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފައިނޭންޝަލް ޑިސްޓްރިކްޓުގެ ބޯޑަށް ޗެއާޕާސަނަކާއި މެންބަރުންގެ ގޮތުގައި ތިން ބޭފުޅަކާއި ޗެއާޕާސަނެއް އައްޔަންކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޗެއާޕާސަންގެ މަގާމަށް ފާތިމަތު ޝާހީން އައްޔަން ކުރެއްވި އިރު ތިން މެންބަރުންގެ ގޮތުގައި އައްޔަން ކުރައްވާފައި ވަނީ އަހްމަދު ސިރާޖް އާއި މުހައްމަދު ރިޔާޒްގެ އިތުރުން އާމިނަތު ސައުޝަން އަފީފް އެވެ.