ވިލުފުށީ ފަޅުގައި އޮތް ތެޔޮއުފުލާ 2 ދޯންޏެއްގައި ރޯވެ 2 މީހަކު ފިހިއްޖެ

ދަޕްރެސް

1 ޖުލައި 2025 | އަންގާރަ | 10:08

ތ. ވިލުފުށީ ފަޅުގައި އޮތް ތެޔޮއުފުލާ 2 ދޯންޏެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 2 މީހަކު ފިހިއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ވިލުފުށީ ރައްޔިތަކު ބުނީ، ފިހިފައިވަނީ އެތަނުން އެއް ދޯންޏެއްގެ ވެރިފަރާތާއި ދޯނީގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ.

އަލިފާން ރޯވާން ދިމާވި ސަބަބު އަދި އެނގިފައި ނުވާ އިރު، އެ ހާދިސާގައި އެ ދެމީހުން ފިހުނީ ދޯނީގައި ތިއްބާކަމެއް ނުވަތަ ހާދިސާ ހިނގި ވަގުތު ދޯނި ކައިރީގައި ހަރާކްތެރިވުމުން ކަމެއް އަދި މުޅިން ސާފެއް ނުވެއެވެ.

މައުޟޫޢުތަށް