ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމި، މަޝްރޫއުގެ 60 ޕަސެންޓް މަސައްކަތް ނިމިއްޖެ

ދަޕްރެސް

1 ޖުލައި 2025 | އަންގާރަ | 10:46

ތިލަމާލެ ބުރިޖުގެ ޕައިލްތައް ޖަހައި ނިމި، މަޝްރޫއުގެ 60 ޕަސެންޓް ނިންމައިފައިވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިންގާ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތާއި ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް އެއްގަމާ، ކަނޑުގެ 68 ސަރަހައްދެއްގައި 263 ޕައިލް ޖަހައި، އެ މަސައްކަތް އެއްކޮށް ނިންމައިފައިވާ ކަމަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބުރިޖު ތަރައްގީ ކުރުމުގައި އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ ޕައިލް ޖެހުމަށްކަމަށެވެ.

ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް