ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ: މުއްތަލިބް

ދަޕްރެސް

1 ޖުލައި 2025 | އަންގާރަ | 10:44

އިންޑިއާ އެގްޒިމް ބޭންކް ލައިން އޮފް ކްރެޑިޓްގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރަމުންދާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއު އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ އުތުރަށް ވިޔަފާރީގެ އިންގިލާބެއް ގެންނާނެ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެންމެ ފަހުގެ އަޕްޑޭޓް ހިއްސާ ކުރައްވަމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ، މި މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓްގެ ރަންވޭގެ މަސައްކަތް މުޅިން ނިމިފައިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއުގެ މަސައްކަތަކަށް ބަލާއިރު، 2400 މީޓަރުގެ ރަންވޭ އަދި އޭޕްރަންގެ މަސައްކަތާއި، 10،500 އަކަމީޓަރުގެ ޕެސެންޖާ ޓާމިނަލް ބިލްޑިންގެ މަސައްކަތް ހިމެނެއެވެ. ހަމައެއާއެކު 3800 އަކަމީޓަރުގެ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މަސައްކަތާއި ފިއުލް ފާމް އަދި ފިއުލް ޖެޓީގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން އެއާޕޯޓަށް ބޭނުންވާ މަގުތައް ހެދުމުގެ މަސައްކަތާއި މި މަޝްރޫއުގެ ދަށުން އިމާރާތް ކުރަމުންދާ އެމްއެންޑީއެފް މަރުކަޒުގެ މަސައްކަތް ވެސް ހިމެނެއެވެ.

މައުޟޫޢުތަށް