މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ އެސްއީޒެޑް އެއްބަސްވުމެއްގައި ސޮއިކޮށްފި

ދަޕްރެސް

1 ޖުލައި 2025 | އަންގާރަ | 11:38

މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަކެއް ސްޕެޝަލް އިކޮނޮމިކް ޒޯނު (އެސްއީޒެޑް)ތަކުގައި ކުރިއަށް ގެންދިއުމަށް، ހެންލޭ އެންޑް ޕާޓްނާސް އާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މަތީ ފަންތީގެ ބޯހިޔާވަހިކަމަށް ހާއްސަ މަޝްރޫއުތަށް ހިންގުމަށް ދުނިޔޭގައި އެންމެ ފާހަގަކުރެވޭ އެއް ކުންފުންޏާއެކު ސާވިސް އެގްރިމެންޓެއްގައި ސޮއިކޮށްފައިވަނީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ރާއްޖޭގެ އިންވެސްޓުމެންޓު ފޯރަމްގެ ތެރެއިންނެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ސަރުކާރުގެ ފަރާތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއެވެ. އަދި ހެންލޭ އެންޑް ޕާޓްނާސްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޕާޓްނާ، މިޑްލް އީސްޓް ފިލީތް އަމަރާންޓީއެވެ.

'ސާވިސް އެގްރިމެންޓު ފޯ އަ ރެޒިޑެންސް ބައި އިންވެސްޓުމެންޓު ޕްރޮގްރާމު' ގައި މިއަދު ސޮއިކޮށްފައިވާއިރު ދިވެހިރާއްޖޭ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މިހާތަނަށް 680 މިލިޔަން އެމެރިކާ ޑޮލަރުގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގެ ޔަގީންކަން ލިބިފައިވާކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މައުޟޫޢުތަށް