އައްޑޫ ސިޓީގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ވަރަށް ބޮޑަށް އިތުރުވެ، ސަމާލުވުމަށް އެދިއްޖެ
ދަޕްރެސް
1 ޖުލައި 2025 | އަންގާރަ | 2:14
އައްޑޫ ސިޓީގައި އަރިދަފުސް ރޯގާ އާއި އިންފްލުއެންޒާ ބަލި އިތުރުވަމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން އެދިއްޖެއެވެ.
އޭއީއެޗް އިން ބުނީ، ހޮސްޕިޓަލުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ ސިޓީގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ ފެތުރުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި ބަލިތަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީގެން، ރައްކާތެރިކަމުގެ ފިޔަވަޅުތަައް އެޅުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި: