ރ.އަތޮޅުގެ، އާރްޓީއެލް އަގުތައް ކަނޑައަޅާ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އަގު ނަގަން ފަށަނީ

ދަޕްރެސް

1 ޖުލައި 2025 | އަންގާރަ | 5:05

ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް"މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ހިމެނ ޒޯން 2 ގެ ރ. އަތޮޅުގެ ރޫޓުތަކުން މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އަގު ނަގަން ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ އަގު ނެގުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ރޭޓުތަކާއި އެއްގޮތަށް ކަަމަށެެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ ކަސްޓަމަރުންނަށް މިއަދުން ފެށިގެން އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް އާރްޓީއެލް ރ. އަތޮޅުގެ ރޫޓްތަކުގައި ދަތުރުކުރުމަށް ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. އަދި ހިލޭ ދަތުރުކުރެވޭ މުއްދަތު ޖުލައި 2، 2025 ގެ ނިޔަލަށް ހަމަވުމާއެކު ރަށު ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް