ގުޅިފަޅުން ދޫކުރި ގޯތިތަކުގެ އާ ރަޖިސްޓްރީއާ ހަވާލުވާން އެޕޮއިންޓް ހެއްދުމަށް ހުޅުވާލައިފި
ދަޕްރެސް
1 ޖުލައި 2025 | އަންގާރަ | 7:06
ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންގެ ގެނައި ބަދަލާ ގުޅިގެން ގޯތީގެ ލޮކޭޝަން ބަދަލުވި މީހުންނަށް އާ ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމަންޓްއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ހައުސިން މިނިސްޓްރީއިން ބުނީ ގުޅިފަޅުގެ ލޭންޑްޔޫސް ޕްލޭންއަށް ގެނައި ބަދަލުގެ ސަބަބުން ގޯތީގެ ލޮކޭޝަންއަށް ބަދަލުއައުމާ ގުޅިގެން ރާޖިސްޓްރީ ބާތިލްކޮށް، މިދިޔަ ޖޫން މަހުގެ 2 ވަނަ ދުވަހު ގެޒެޓްކުރި ލިސްޓުގައިވާ ފަރާތްތަކަށް އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި ބަންޑާރަ ގޯތީގެ އެއްބަސްވުން"އާ ހަވާލުމަށް އެޕޮއިންޓްމެންޓްއަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.
އެޕޮއިންޓްމެންޓް ދިނުމަށް ހަމަޖެހިފައި ވަނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށްކަން ފާހަގަކޮށް ހައުސިން މިނިސްޓްރީއިން ބުނީ ކޮންމެ ގަޑިއަކަށް ވެސް އެޕޮއިންޓްމަންޓްއަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބޭނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކަށް ކަމަށެވެ. އަދި އަންނަ ހޯމަ ދުވަހުގެ ހެނދުނު 9:30 އިން ފެށިގެން އާ "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އަދި "ބަންޑާރަ ގޯތި ދޫކުރުމުގެ އެއްބަސްވުން" ދޫކުރުމަށް ކަނޑައަޅާފައިވާ ކަމަށް އެ މިިނިސްޓްރީއިން ވަނީ ބުނެފައެވެ.