މިއަދުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓަށް ބޮޑުވެއްޖެ
ދަޕްރެސް
1 ޖުލައި 2025 | އަންގާރަ | 10:22
ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓީޖީއެސްޓީ ރޭޓު 17 ޕަސެންޓަށް ބޮޑު ކުރި އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި އިސްލާހު ތަސްދީގުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
މި އިސްލާހުގައި ވަނީ މިއަދުން ފެށިގެން ޓީޖީއެސްޓީ ރޭޓް 17 އިންސައްތައަށް އިތުރުވާނެ ކަމަށް ކަނޑައަޅާފައެވެ. މީގެކުރިން އަމަލުކުރަމުންދިޔަ ގާނޫނުގައި ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތްތަކުން މިދިޔަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޓީޖީއެސްޓީގެ ގޮތުގައި ނަގަމުން އައީ 16 އިންސައްތައެވެ.